ފަންނާނުން

ޢަލީ ރަމީޒު

1 މަދަހަ

ޢަލީ ރަމީޒަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ މަޤުބޫލު އަދި އެންމެ ކާމިޔާބު އެއް ލަވަކިޔުންތެރިޔާއެވެ. 1990 ގެ އަހަރުތަކުން ފެށިގެން ދިވެހި މިއުޒިކް ދާއިރާގައި ރަސްކަން ކުރުމަށްފަހު، 2003 ވަނަ އަހަރު އޭނާ ވަނީ ލަވަކިޔުމާއި މިއުޒިކް ކުޅުން މުޅިން ހުއްޓާލައި އަމިއްލަ އަޑުން ދީނީ މަދަހަ އާއި އިސްލާމީ ނަޝީދުތައް ކިޔަން ފަށާފައެވެ. މިއާއެކު އޭނާ ވެގެންދިޔައީ ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށާއި ދަޢުވަތު ފެތުރުމުގައި ފާހަގަކޮށްލެވޭ މުހިންމު ޝަޚުޞިއްޔަތަކަށެވެ.