މަދަހަ

އީމާނޭ ހިތުގާ

ފާޠިމަތު ޝިފްނާ
0:00 / 0:00

އީމާނޭ ހިތުގާ އާލާވަނީ، ނޫރުން ރަޙްމާނީ އަލިކަން ދެޔޭ ކީރިތިވި މާތް ﷲ ، ހަފަރާތުގައި ވޮޑިގެންވޭމެޔޭ

ތަރިތައް ވިދާލާ ލެއްވީ މާތްﷲ، ރޯޝަން ކުރެއްވީ ހަސްތީ މާތްﷲ އިރުހަނދުގެ އަލިކަން ލެއްވީ މާތް، އެއްވެސް އިލާހެއް ﷲ ފިޔަވައި ނުވެޔޭ ރޭތައް ދުވާލާ ލައްވާ މިތާ، ދައުރާނަ ވާހެން ފަލަކުތައް ހައްދަވާ ކައުނާ އުޑާބިން ކަނޑުތައް ލައްވަވާ، އުދުހޭ ވިލާތައް ފަޒާގައި ލެއްވިޔޭ އީމާން ވަމޭ އަބަދަށް އަޅަމެން ޔާ ﷲ އީމާނޭ ހިތުގާ އާލާވަނީ، ނޫރުން ރަޙްމާނީ އަލިކަން ދެޔޭ ކީރިތި މާތް ﷲ ހަފަރާތުގައި ވޮޑިގެންވޭމެޔޭ

ތަރިތައް ވިދާލާ ލެއްވީ މާތްﷲ ، ރޯޝަން ކުރެއްވީ ހަސްތީ މާތްﷲ އިރުހަނދުގެ އަލިކަން ލެއްވީ މާތްﷲ، އެއްވެސް އިލާހެއް ﷲ ފިޔަވައި ނުވެޔޭ މާތައް ފަރިވާހާ ތާޒާ މޭވާޔާ، ފިނިވީ ހިޔާދޭ ގަސްތައް ލެއްވިޔޭ އިންސާނުންނަށްވާ ނިޢުމަތްތައް ގުނާ، ޢަދަދެއް ނުވާހާ މިތާނގައި ލެއްވިޔޭ އީމާންވަމޭ އަބަދަށް އަޅަމެން ޔާ ﷲ (3)