މަދަހަ

ފަސްދީފަ އެނބުރި

ޢަލީ ރަމީޒު
0:00 / 0:00

ފަސްދީފަ އެނބުރި ނުދޭބަލާ ބަސްތައް މިކިޔާ އަޑުއަހާ ދަސްތާ ތަކުން ބަރުތީލަވޭ ނިޢުމަތުގެ ޚަޒާނާ ދަސްތާ ތަކުން ބަރުތީލަވޭ ނިޢުމަތުގެ ޚަޒާނާ ދަސްތާ ތަކުން ބަރުތީލަވޭ ނިޢުމަތުގެ ޚަޒާނާ

ރައްކާވެ ތިބޭށެވީ ފައްކާވެ އުމުރު ފޯދުމުން ފަސްދާނުލުމުގެ ކުރިން މިތާ ކިޔަމަންވެ ޒުވާނާ ފަސްދާނުލުމުގެ ކުރިން މިތާ ކިޔަމަންވެ ޒުވާނާ

ﷲ ގެ މަތިވެރިކަމާ އެކަލާނގެ ރުހުން ހޯދުމަށް ﷲ ގެ ނިޢުމަތްތަކަށް ވިސްނާށެ ޒުވާނާ ﷲ ގެ ނިޢުމަތްތަކަށް ވިސްނާށެ ޒުވާނާ

ބުނަމޭ ހިތުގެ އަޑިން ތެދަށް ކުރަމޭ ރޮއެ އާދޭސް ނިކަން ގުނަމުން މިދާ ވަގުތަށް ނިމުން އަންނާނެ ޒުވާނާ ގުނަމުން މިދާ ވަގުތަށް ނިމުން އަންނާނެ ޒުވާނާ

ނެތި ގެއްލުމުން ފުރުސަތު އެކަށް ނިމިގެން ދިއުމުން އެކިއެކަށް ނެތި ގެއްލިދާ ފުރުސަތު އަލުން ނާންނާނެ ޒުވާނާ ނެތި ގެއްލިދާ ފުރުސަތު އަލުން ނާންނާނެ ޒުވާނާ

ކަރުނައިން ފުރި ދޭ ލޯ މަގޭ ބަރުބާދުވެ ދިއުމުން މަގޭ ކަރުތާފެނަށް ގެނބުމުގެ ކުރިން ވިސްނާށެ ޒުވާނާ ކަރުތާފެނަށް ގެނބުމުގެ ކުރިން ވިސްނާށެ ޒުވާނާ ކަރުތާފެނަށް ގެނބުމުގެ ކުރިން ވިސްނާށެ ޒުވާނާ