އީމާނޭ ހިތުގާ އާލާވަނީ ނޫރުން ރަޙްމާނީ އަލިކަން ދެޔޭ ކީރިތިވި މާތް ﷲ ހަފަރާތުގައި ވޮޑިގެންވޭމެޔޭ
ތަރިތައް ވިދާލާ ލެއްވީ މާތްﷲ ރޯޝަން ކުރެއްވީ ހަސްތީ މާތްﷲ އިރުހަނދުގެ އަލިކަން ލެއްވީ މާތް އެއްވެސް އިލާހެއް ﷲ ފިޔަވައި ނުވެއޭ ރޭތައް ދުވާލާ ލައްވާ މިތާ ދައުރާނަ ވާހެން ފަލަކުތައް ހައްދަވާ ކައުނާ އުޑާބިން ކަނޑުތައް ލައްވަވާ އުދުހޭ ވިލާތައް ފަޒާގައި ލެއްވިއޭ އީމާން ވަމޭ އަބަދަށް އަޅަމެން ޔާ ﷲ
އީމާނޭ ހިތުގާ އާލާވަނީ ނޫރުން ރަޙްމާނީ އަލިކަން ދެޔޭ ކީރިތިވި މާތް ﷲ ހަފަރާތުގައި ވޮޑިގެންވޭމެޔޭ
ތަރިތައް ވިދާލާ ލެއްވީ މާތްﷲ ރޯޝަން ކުރެއްވީ ހަސްތީ މާތްﷲ އިރުހަނދުގެ އަލިކަން ލެއްވީ މާތް އެއްވެސް އިލާހެއް ﷲ ފިޔަވައި ނުވެއޭ މާތައް ފަރިވާހާ ތާޒާ މޭވާޔާ ފިނިވީ ހިޔާދޭ ގަސްތައް ލެއްވިއޭ އިންސާނުންނަށްވާ ނިޢުމަތްތައް ގުނާ ޢަދަދެއް ނުވާހާ މިތާނގައި ލެއްވިއޭ އީމާންވަމޭ އަބަދަށް އަޅަމެން ޔާ ﷲ


